ލާމަރުކަޒީ ރާއްޖެ

ލާމަރުކަޒީ ރާއްޖެ

ޒަމާން ބަދަލުވެ، ސިޔާސަތުތައް ބަދަލުވެ، ސިޔާސީ މަސްރަހު ބަދަލުވަމުން ގޮސް، މިއަދު އަހަރެމެން މިތިބަ ފައްތަރުން އެންމެ ހަރުކޮށް އިވޭ އަޑަކީ އަތޮޅުތެރޭގައި އަސާސީ ހިދުމަތްތައް ނުލިބޭ ވާހަކަ. ރާއްޖޭގެ އެކި ކަންކޮޅުން މީހުން މާލެ ހިޖުރަކުރާ ވާހަކަ. މާލެ ތޮއްޖެހި، އޭގެ ސަބަބުން އެތައް އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވާ ވާހަކަ. ކުލީގެ އަޅުންގެ ގޮތުގައި އެތަށް ބަޔަކު ދިރިއުޅެމުންދާ ވާހަކަ. ރަށުގައި އޮތް ގޯތި ފަޅަށް ވީރާނާވާން ހުންނަ ވާހަކަ. ދުނިޔެމަތީގެ ސުވަރުގެ ކަމަށް ބުނާ ތަނުގައި އަމިއްލަ ރައްޔިތުން ގަނަތެޅޭ ވާހަކަ. ރައްޔިތުން ފަގީރުވެ ބިކަވެގެން ދާ ވާހަކަ މި ކަންކަން ހައްލުކޮށް، އަމިއްލަ ވަޒަނުގައި، އަމިއްލަ މިނިވަން ކަން މަތީ، ގަދަރުވެރި ދިރިއުޅުމެއް ރައްޔިތުންނަށް އުޅެވޭނީ ފުރިހަމަ ގޮތެއްގައި ލާމަރުކަޒު ކުރެވިގެން. ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލައަށް ނިންމުމުގެ ބާރު އޮވެގެން. ރައްޔިތުންގެ ކުރިމަގު ބިނާ ކުރުމުގައި ބަސްބުނެ، ކަންކުރުމުގެ ފުރުސަތު އޮވެގެން.މާލޭގައި ހުންނަ އޮފީހަކުން ރަށެއްގެ އާންމު މަސްލަހަތާ ގުޅޭ ކަންތައް ނިންމުމުގެ ބަދަލުގައި ކައުންސިލުން އެކަން ނިންމުމަށް ދޫކޮށްލައިގެން #LCE2021 #LaamarukazeeRaajje